ads
ގާޒީ އަލީ ރަޝީދުގެ ގެކޮޅަށް ކޯރާޑިއަކުން ގެއްލުން ދީފި
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓް ގެ ބޭރު ދޮރަށް ކޯރާޑިއަކުން ގެއްލުން ދީފިއެވެ.
Advertisement
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓް ގެ ބޭރު ދޮރަށް ކޯރާޑިއަކުން ގެއްލުން ދީފިއެވެ.

ފުލުހުން ބުނެފައިވަނީ، ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓް ގެ ބޭރު ދޮރަށް ގެއްލުންދީ ލިޔުމެއް ލިޔެފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 05:30 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓް ގެ ބޭރު ދޮރަށް ގެއްލުން ދީފައިވަނީ ކޯރާޑިއަކުންނެވެ.

"ދޮރަށް ގެއްލުން ދިނުމަށް ބޭނުންކުރި ހަތިޔާރު ކަމަށް ބެލެވޭ ކޯރާޑި އެއް ދޮރު ކައިރިން ފެނިފައިވޭ" ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ މައްސަލަ ތަހުގީގު ކުރާނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދާއި ހަވާލުކޮށްފައިވަނީ އިސްގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތްވެސް ބެއްލެވުމަށް ހަމަޖެހިފައިވަނީ ގާޒީ އަލީ ރަޝީދެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;