ރޭގެ ވަގުތެއްގައި ޝެއިހް ޒައިދު ހިއްސާކުރެއްވީ ޖަލާލުއްދީން މިސްކިތް ކައިރީގައި ބަޔަކު ނަމާދަށް ތިބި މަންޒަރެވެ. އެ މަންޒަރު ހިއްސާކުރައްވަމުން ޝެއިހް ވިދާޅުވީ އެގޮތަށް ނަމާދުކުރުމުން ނަމާދު ވާނީ ބާތިލް ކަމަށެވެ.
ފޮޓޯ އިން ފެންނަނީ މިސްކިތް ހުރި ސަރަހައްދުގެ މަގުގެ މާ ކުރީގައި ބަޔަކު ނަމާދަށް ތިބި މަންޒަރެވެ. އެ ސަފުގެ ފަހަތުގައި މިސްކިތް ހުރިއިރު ޝެއިހް ވަނީ އެގޮތަށް ނަމާދުކުރި މީހުން ނަމާދު ގަޟާކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން މިއަދު ޝެއިހް ހިއްސާކުރެއްވީ ފަނޑިޔާރު މިސްކިތް ކައިރީގައި ބަޔަކު ނަމާދަށް ސަފު ހަދާފައި އޮތް މަންޒަރެވެ. އެ ފޮޓޯ އިން ފެންނަނީ ތިން ޖަމާއަތުގައި ތިން ގޮތަށް ތިބި މަންޒަރެވެ. އެ މަންޒަރާއެކު ޝެއިހް ވަނީ ގިބްލަ ކޮބާތޯ ސުވާލުކޮށްފަ އެވެ. އަދި އެގޮތަށް އެކަން ކުރަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޝެއިހް އަލީ ޒައިދު ހިއްސާކުރެއްވި ދެ ފޮޓޯއަކީ ވެސް ހުކުރު ނަމާދުގެ ޖަމާއަތް ހަދައިގެން މީހުން ތިބޭ މަންޒަރުގެ ފޮޓޯތަކެކެވެ. އާންމުކޮށް މާލޭގެ މިސްކިތްތައް ފުރި، މީހުން މަގުމަތީގައި ނަމާދަށް ތިބޭ މަންޒަރު ފެނިގެންދަނީ ހުކުރު ނަމާދު ވަގުތުގަ އެވެ.