ނާސަރީ ބިމުގައި ހެދި ޕާކިން ޒޯނު ހުޅުވާ، ބައެއް ތަންތަނުގައި ޕާކުކުރުން މަނާކޮށްފި
12 ނޮވެންބަރ 2019 - 13:09:55
ސޯސަންމަގުގައި ކުރީގެ ނާސަރީ ހިންގި ބިމުގައި އަލަށް ހެދި ޕާކިން ޒޯނު އާންމުކޮށް ބޭނުންކުރަން ހުޅުވާލައިފި އެވެ.

ގާތްގަނޑަކަށް ސިންދިތާ ކުރިމައްޗަށް އޮންނަ އެ ބިމުގައި ޕާކިން ޒޯނެއް ތަރައްގީކޮށް ހުޅުވުމާއެކު ވަނީ އެ ސަރަހައްދުގައި ހުރި އެހެން ޕާކިން ޒޯނުތަކެއް ނަގާފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ޓްރެފިކް ކޮމެޓީގެ މުގައްރަރު އަހުމަދު ޒަމީރު ސީއެންއެމްއަށް ވިދާޅުވީ، އެގޮތަށް މާލޭގެ ހުސް ބިންތަކުގައި ޕާކިން ޒޯނު ތަރައްގީ ކުރުމުގެ ބޭނުމަކީ މަގުމަތީގައި ހުސްކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ މަގުމަތީގައި ހުންނަ އުޅަނދުތައް އެތެރެއަށް ޖައްސާލުން. އެހެން ނޫނިއްޔާ މިގޮތަށް ޕާކިން ޒޯނުތައް ހެދުމުގެ ބޭނުމެއް ނެތްތާ. މި ކުރާ މަސައްކަތަކީ މާލޭގެ މަގުތަކަށް ލުއެއް ހޯދައިދިނުން،"
ސޯސަން މަގުގައި އަލަށް ހުޅުވި ޕާކިން ޒޯނަކީ 279 ސައިކަލު ޕާކު ކުރޭވޭނެ ޖާގަ އޮތް ތަނެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އިއްޔެ އެތަން ބޭނުން ކުރަން ފަށާފައިވާއިރު އެތަން ހުޅުވުމާއެކު ވަނީ ބައެއް މަގުތަކުގައި ޕާކު ނުކުރެވޭނެ ގޮތް ވެސް ހަދާފަ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ ވިސްނުމަކީ ޕަބްލިކް ޓްރާންސްޕޯޓް ގާއިމުކުރުންކަމަށް ވެފައި އެކަން އެގޮތަށް ރަނގަޅަށް ކުރެވެން އޮތީ މަޖީދީ މަގުގައި އުޅަނދުފަހަރު ޕާކު ނުކުރެ ގޮތަށް ހެދިގެންކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖީދީ މަގުގެ ޕިއްޒާ ބޯނާ ސަރަހައްދުގައި ޕާކު ކުރާ އުޅަނދުތައް ނެގުމަށް މަސައްކަތް ކުރާކަމަށް ވެސް ވިދާޅުވެ ފައެވެ.
"ޕިއްޒާ ބޯނާ ސަަރަހައްދުގަ ގާތްގަނޑަކަށް 60 އެއްހާ އުޅަނދު ޕާކުކުރާނެ ޖާގަ އެ ސަރަހައްދުގަ މިއޮންނަނީ. އަލަށް މި ހުޅުވި ޕާކިން ޒޯނުގަ ޖާގަ އޮތް މިންވަރަކުން އެތަނުގެ ވެސް ޕާކު ކުރެވިދާނެ،"
ޖަމީރު އިތުރަށް ވިދާޅުވީ، އޭޑީކޭ ކުރިމަތީ އޮންނަ ގޯޅި ގަނޑުގައި ވެސް ޕާކު ނުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެގޯޅީގައި ޕާކުކޮށްފައި އޮންނަނީ 50 އެއްހާ ސައިކަލުކަން ވެސް ފާހަގަ ކުރެއްވިއެވެ.
ތޮއްޖެހިފައިވާ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުގައި ޕާކިން ޒޯނުތައް ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު މި ސަރުކާރު އައި ފަހުން ވެސް ވަނީ މާލޭގެ ނުވަ ސަރަހައްދެއްގައި ޕާކިން ޒޯނުތައް ތަރައްގީކޮށްފަ އެވެ.
އެގޮތުން އެމްޓީސީސީ ސަރަހައްދާއި މާފަންނު ސަރަހަރާއި ފިނޭންސް މިނިސްޓްރީ ސަރަހައްދުގެ އިތުރުން ހީނާމާގޭ ސަރަހައްދާއި ދިވެހި ބަހަށް ހިދުމަތްކުރާ މަރުކަޒު ހިންގި ބިމުގައި ޕާކިން ޒޯނުތައް ތަރައްގީކޮށް އެ ސަރަހައްދުތަކުގެ މަގުތަކުގައި ޕާކު ނުކުރެވޭނެ ގޮތް ވަނީ ހަދާފަ އެވެ.
އޭގެ އިތުރުން ޒަމީރު ވަނީ ޓްރެފިކަށް އާންމުން ހޭލުންތެރިވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެގޮތުން މަގުތަކުގެ ކަންމަތިތަކުގައި ޕާކުކުރުމަކީ މަނާކަމެއް ނަމަވެސް އެގޮތަށް ވަރަށް ގިނަ ބަޔަކު ޕާކުކުރާކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ އެގޮތަށް ޕާކުކުރުމުގެ ސަބަބުން އެމެޖެންސީ ހާލަތްތަކުގައި އުޅަނދުތަކަށް ނުވަދެވި އެތައް އިރެއް ވެސް ހޭދަކުރަން ޖެހޭ ކަމަށެވެ.
"ސްޓިކާ ޖަހާފަ ޓޯކުރިޔަސް ހައްލެއް ނުލިބޭނެ މިކަމަށް. ހައްލެއް ލިބޭނީ އަމިއްލައަށް ފަރުދީ ޒިންމާވެސް އަދާކުރެވިގެން. އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން ފުލުހުންނާ ގުޅިގެން މިކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަން،"

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް