ads
ޕޫޖާ ހެޖް--
ވިހި މިނެޓްގެ ފެނިލުމަކަށް ޕޫޖާ އެއް ކްރޯޑް ރުޕީސް ޗާޖުކުރަނީ!
ތެލޫގޫ ތަރި، ޕޫޖާ ހެޖް މިވަނީ އެންމެ ވިހި މިނެޓްގެ ފެނިލުމަކަށް އެއް ކްރޯޑް ރުޕީސް ޗާޖުކުރަން ނިންމާފަ އެވެ.

އުމުރުން 30 އަހަރުގެ ޕޫޖާއަކީ މިސް ޔުނިވާސް އިންޑިއާ 2010 ގެ ދެވަނަ ރަންރަޕް އެވެ. ޓޮލީވުޑުގެ އިތުރުން ބޮލީވުޑުގައި ވެސް ފިޔަ ޖަހަމުން އަންނަ ޕޫޖާއާ ގުޅިގެން ރިޕޯޓްތައް ބުނާ ގޮތުގައި އެއް ކްރޯޑް ރުޕީސް އޭނާ ޗާޖުކުރަނީ ފިލްމެއްގައި 20 މިނެޓްގެ ފެނިލުމަކަށެވެ. 

އެއީ "އަޗަރްޔާ" ނަމަކަށް ކިޔާ ފިލްމެއް ކަމަށްވެ އެވެ. އެ ފިލްމުގަައި ލީޑު ރޯލުން ފެނިގެންދާނީ ކާޖަލް އަގަރްވާލެވެ. އެންމެ ވިހި މިނެޓަށް އެހާ ބޮޑު އަދަދަކަށް ޕޫޖާ ޑިމާންޑްކުރާއިރު އެގޮތަށް ފިލްމު އުފެއްދުންތެރިން އެއްބަސްވެފައިވާ ކަމަށް ވެސް ވެ އެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. 

މިފަހުން ޕޫޖާ ވަނީ އޭނާގެ ކުރިއަށް އޮތް ދެ ފިލްމު ކަމަށްވާ، "ރާދޭ ޝިއަމް" އާއި "މޮސްޓް އެލިޖަބަލް ބެޗްލާ"ގެ ޝޫޓިންތައް ނިންމާލާފަ އެވެ. އައްލޫ އަރްޖުން ފަދަ ކާމިޔާބު ތަރިންނާއެކު ފިލްމު ކުޅެފައިވާ ޕޫޖާ ވަނީ "ހައުސްފުލް 4" އަކުން ވެސް ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް