ads
އަދާލަތު ޕާޓީގެ ފްރެސްއެއްގެ ތެރެއިން --
އަދާލަތު ޕާޓީ އިންތިހާބުގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކޮށްފިއެވެ.
Advertisement

އެގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ކުރިއަށްދާ އިންތިހާބުގެ ވޯޓުލުން މިރޭގެ 21:00 އާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، ނުވަތަ ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު، 3342671 އަށް ގުޅުމަށް އެޕާޓީން އެދިފައިވެއެވެ. ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެޕާޓީން އެދެއެވެ. 

ކޮވިޑް-19 އާ ގުޅިގެން އެ ޕާޓީގެ މަގާމުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ އޮންލައިން ވަސީލަތެއް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު ޝޭހް އިމްރާން ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާއިރު، އިމްރާން ވޯޓުލެއްވުމަށް ފަހު ވަނީ ޓްވީޓު ކުރައްވާފަ އެވެ.

އިމްރާން ވިދާޅުވީ ވޯޓުލުމުގައި ޕާޓީގެ ހުރިހާ މެމްބަރުން ބައިވެރިވި ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލުކުރާނެ މީހަކު ކަނޑައެޅުން މުހިއްމު ކަމަށެވެ. އިމްރާން މިހާރު ވެސް ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.

މި ފަހަރުގެ އިންތިހާބާ ދިމާކޮށް ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ނަމަވެސް އެއްވެސް އަންހެން ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ.

ސަރުކާރު ކޯލިޝަންގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީ ގޮތުން ރަޖިސްޓްރީކޮށްފައިވަނީ އޯގަސްޓް 18، 2005 ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް