ބަޖެޓް ބަހުސް ފަށައިފި، ކޮންމެ މެމްބަރަކަށް ޖުމުލަ 22 މިނެޓް
12 ނޮވެންބަރ 2019 - 09:52:58
2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.

ބަޖެޓް ބަހުސްއަށް ކޮންމެ މެމްބަރަކަށް ޖުމުލަ ލިބެނީ 22 މިނެޓް އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނިޓް ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް، ކޮމިޓީން ބަޖެޓް ފާސްކުރުމަށްފަހު ތަޅުމަށް ހުށަހެޅުމުން ބަޖެޓަށް ވާހަކަ ދައްކަން 7 މިނެޓްގެ ވަގުތުކޮޅެއް ލިބިގެންދާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ހަވީރު 05:00 އާއި ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ 87 މެމްބަރުންނަށް 15 މިނެޓްގެ ދަށުން ބަޖެޓަށް ބަހުސް ކުރުމަށް ޖުމުލަ 21 ގަޑިއިރު ބޭނުންވާކަމަށެވެ.
އަދި ނަންގޮވާއިރު، މަޖިލީހުަގައި ނީންނަވާ މެމްބަރަކަށް ފަހުން ފުރުސަތު ނުލިބޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިތާ ވަޑައިގެން ނެތިއްޔަކާ އަޅުގަނޑަކަށް ފަހަކުންނެއް އެ މެމްބަރަކަށް ފުރުސަތެއް ނޭރުވޭނެ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހައެޅުން ބަޖެޓްގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލާ ކޮމެޓީގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު އައްޔަންކޮށްފައިވެ އެވެ. އަދި ނައިބް މުޤައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިންއެވެ.
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚްގައި ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް