ads
މާސްކު ކޮބާ؟
މާސްކު ނާާޅާ ނޫޅޭށޭ!
މި ދެތިން ދުވަހުގެ އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އުޅެނީ 100 އިން މަތީގައެވެ. ބޯމަތިވަމުން އަންނަނީ ތިންވަނަ ރާޅެކެވެ. ނަމަވެސް އަދިވެސް ހަމަ ދައްކަން މި ޖެހެނީ އެއް ވާހަކައެކެވެ. ތަކުރާރު ކުރަން މި ޖެހެނީ އެއް ލަވައެކެވެ. ފެންނަ މަންޒަރުތަކުން ހީވަނީ މުޖުތަމައު ތެރޭ ބަލިމަޑުމަކެއް ނޫޅޭ ހެންނެވެ.

މީގެ އަހަރެއް ކުރިން މާލެ ތެރެ އޮތް ގޮތަށް ނަޒަރެއް ހިންގާލާނަމެވެ. ފެންނަނީ ބައިބޯކަމެވެ. ތޮއްޖެހިފައިވާ މަގުމައްޗެކެވެ. ސިނގިރޭޓު ބޯ މީހުން އެހެން މީހުންގެ މޫނަށް ދުން ބުރުވާ، ދުފާ މީހުން މަގުމައްޗަށް ހައްޕުނޑު ޖެހުމަކީ މާލޭ މަގުމަތިން ފެންނަ ނުރަނގަޅު އާދައެކެވެ.

އޭގެ ފަހުން މިހާރުގެ ހާލަތަށް ބަލާލާއިރު، ހާލަތު މިވަނީ ހީވެސް ނުކުރާ ވަރަށް ބަދަލުވެފައެވެ. ނަމަވެސް އަދިވެސް މަގުމަތިން ފެންނަނީ އެއް މަންޒަރެކެވެ. ތަފާތަކީ ގިނަ މީހުންގެ "ދަތްދޮޅީގައި" މާސްކެއް އަޅުވާފައި އޮންނަ ކަމެވެ. 

އަދިވެސް ހަމަ އެ ހަލަބޮލި މާހައުލެވެ. މާސްކު ދަތްދޮޅިއަށް ވައްޓާލައިގެން، ނުވަތަ މާސްކު އެއްކޮށް ނަގައިގެން ސިނގިރޭޓު ބޯން ކަންކަން މަތީ މީހުން ބޮނޑިބޮނޑިއަށް ތިބޭ މަންޒަރަކީ މަގުމައްޗަށް ނިކުންނަ މީހަކަށް ފެންނާނެ މަންޒަރެކެވެ. އެކި މީހުން މާސްކު އަޅާއިގެން އުޅޭ އުޅުން ފިޔަވާ، މަގުމަތިން ފެންނަނީ ހަމަ ކުރިއާ ވަކި ތަފާތެއް ނެތް ތަނެވެ. ހީވަނީ މި ކުޑަކުޑަ ގައުމު ބަލިމަޑުކަމެއްގެ ތެރެއަށް ގަރަގުވަމުން ނުދާ ހެންނެވެ.

މަގުމަތިން ފެނިގެން ދަނީ މާސްކުނާޅާ މީހުން އުޅޭ މަންޒަރުތަކެވެ. ކުޅިވަރު މައިޒާންތަކަށް ކުޅިބަލަން ދާ މީހުންގެ އިތުރުން އެކި އެއްވުންތަކުގެ ތެރެއިން މިފަދަ މަންޒަރު ފެންނަކަމީ ހިތާމަ ހުރި ކަމެކެވެ. މާސްކު އޮތް ނަމަވެސް، ދަތްދޮޅީގައި މާސްކު އަޅުވައިގެން ތިބުމަކީ އެކަން ކުރަން އޮންނަ ގޮތެއް ނޫނެވެ.

މާސްކު އަޅައިގެން އުޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށާއި ފަރުދީ ޒިންމާ އަދާ ކުރުމަށް ތަކުރާރުކޮށް ސިއްހީ އެހީތެރިން އިލްތިމާސްކޮށް، ނޫސްވެރިން އެކަމާ ގުޅިގެން އެކި ހަބަރުތައް ގެންނައިރުވެސް، ފެނިގެންދަނީ އެއާ އިދިކޮޅު މަންޒަރެވެ.

ކޮވިޑްގެ ހާލަތު ފެށުނީއްސުރެ މާސްކު އެޅުމުގެ މުހިއްމުކަމާއި، މާސްކު އަޅަންވީ ސަބަބު ޑޮކްޓަރުން ކިޔައިދީދީ، ކުޅު ހިކޭއިރުވެސް، އެކަން އަޑު އިވެނީ އަޑުއަހާ ބަޔަކަށެވެ. ދެން ތިބި މީހުންނަށް އަޑު ނީވެނީ ކަމެއް ނުވަތަ އަޑުއަހަން ބޭނުން ނުވަނީ ކަމެއް މީ ސާފު ނުވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް