އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި ރާއްޖެ ބަދަލު ކުރާނެ ވަރުގެ ބޮޑު ބަޖަޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement
އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި ރާއްޖެ ބަދަލު ކުރާނެ ވަރުގެ ބޮޑު ބަޖަޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމަށްޓަކައި މަޖިލިހުގެ 63 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ބޮޑު ބަޖެޓެއް އަންނަ އަހަރަށް ލަފާ ކުރެވުނީ މަޖިލިހުގެ 17 ވަނަ ދައުރުގައި ޓެކްސްގެ ގާނޫނު ބަލައިގަތުން ކަމަށެވެ.
އަދި މިފަދަ ބޮޑު ބަޖެޓެއް ފާސް ކުރުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ދިނުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން 1200 މިލިއަން ކޮންމެ ރަށެއްގެ ތަރައްގީޢާއި އަދި އެހެނިހެން ކަންކަމަށް ކަނޑައެޅިފައި ވާނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ވިސްނުމުގައި ހުރީ ލާމަރުކަޒީ ނިޒާމަކުން މުޅި ދިވެހި ރާއްޖެ ގުޅާލުން ކަމަށާއި ކައުންސިލް ތަކުން އަމިއްލައަށް އާމްދަނީ ހޯދުމަށްޓަކައި މަަސައްކަތް ކުރުމުގެ ބާރު ދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.