ads
ސުހާނާ އަދި ޝާހް
ޕަޕަރާޒީން ކިބައިން ސަލާމަތްވުމަށް އެންމެ ފަހުން ސުހާނާ ގުޅަން ޖެހުނީ ޝާހްރުކް އަށް
ބޮލީވުޑް ތަރިއަކަށް ވުމަކީ ކުޑަ އިރުން ފެށިގެން ދިރިއުޅެން އުނދަގޫވާ ކަމަކެވެ. ވިހާ ދުވަހުން ފެށިގެން ކެމެރާ ހިފައިގެން ތިބި އެތައް ބައެއް ތިމާ ދާ ކޮންމެ ތަނަކަށް ފަހަތުން ފޮޓޯ ނަގަމުން ދުވާނެ އެވެ. އަދި ހާއްސަކޮށް އެއީ ބޮލީވުޑްގެ ރަސްގެފާނު ކަމަށް ބުނާ ޝާހްރުކް ހާންގެ ދަރިއެއް ނަމަ ފަހަތުން އަންނަ މީހުންގެ އަދަދު އެހެން ތަރިންނަށް ވުރެ އެތައް ގުނަ އިތުރުވެގެން ދާނެ އެވެ.
Advertisement

މި ފަހަރު މި އޮތީ ޝާހްރުކްގެ ހަމައެކަނި އަންހެން ދަރި ސުހާނާ އާ ޕަޕަރާޒީންތަކެއް ދިމާ ކުރި ވާހަކަ އެވެ. 

ޝާހް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގަ ބުނީ އޭނާގެ ދަރިންގެ ފޮޓޯއެއް ނެގުމަކުން މައްސަލައެއް ނެތް ނަމަވެސް ފޮޓޯ އަށް ފަހު އެމީހުން ދާން އުޅުމުން ހުއްޓުވުން އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. 

ޝާހް ބުނީ އެއް ފަހަރަކު ސަލްމާންގެ ފިލްމް ޓިއުބްލައިޓްގެ ސްކްރީނިން އަށް ފަހު ތިއޭޓާ އިން ސުހާނާ ނިކުތުމުން ޕަޕަރާޒީން ވަނީ އޭނާގެ ފޮޓޯ ނަގާފައެވެ. ފޮޓޯ އަށް ހުއްޓުމަށް ފަހު ދާން އުޅުމުން ވެސް ޕަޕަރާޒީން ވަނީ ސުހާނާ ހުއްޓުވާފަ ކަމަށް ޝާހް ބުނެއެވެ. އެންމެ ފަހުން ސުހާނާ ޝާހް އަށް ގުޅައި "ބައްޕާ އަހަރެން މިހުރީ މިތާ ތާށިވެފަ" ކަމަށް ބުންޏެވެ. ޝާހް ވަނީ އެތަނަށް އައިސް ސުހާނާ ގޮވައިގެން ގޮސްފައެވެ. 

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ސުހާނާ ވެސް އަންނަނީ ބޮޑު ސްކްރީނަށް، އެކްޓްރެސްއެއްގެ ގޮތުގައި ނިކުތުމަށް ތައްޔާރީތައް ވަމުންނެވެ. 

އެގޮތުން އޭނާ ވަނީ 2019 ވަނަ އަހަރު ނިއުޔޯކް ޔުނިވާސިޓީގައި މި ދާއިރާއިން ކިޔެވުމަށް އެންރޯލްވެފައެވެ. އަދި މީގެ އިތުރުން އޭނާގެ ބައްޕަ ޝާހުގެ ފިލްމް ޒީރޯގެ ޝޫޓިންގެ ކަންކަމުގައި ސުހާނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ގިނަ ބަޔަކު އަންނަނީ ސުހާނާ ބޮޑު ސްކްރީނުން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް