ads
ފޮޓޯ: އެމްޓީސީސީ
ބިލެއްފަހި ބަނދަރު ފުންކުރަން ފަށައިފި
ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުރައް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި، އެއާޕޯޓް ހެދުން އަދި މަގު ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. 

ފާއިތުވި 2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރު 34 މަޝްރޫއެއް ނިންމާ، 70 މަޝްރޫއު މުޅިން އަލަށް ފެށި އެވެ. އަދި މި އަހަރު ވެސް ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން ދަނީ ފަށަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް