ads
އައިޑީކާޑު
މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން ވޯޓުލެވޭނެ: ޑީއެންއާރު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން ވޯޓު ލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

އެކަން ހާމަކޮށް ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ވަނީ މިހާރު މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުން ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ، ކުރިއެކޭވެސް އެއްފަދައިން މުއްދަތު ހަމަވެފައިވާ ކާޑަށް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ފޯރޮކޮށްދިނުމަށް އެދިފަ އެވެ. 

އޭގެ އިތުރުން ކައުންސިލް އިންތިހާބުގައި ވެސް މުއްދަތު ހަމަވެފައިވާ ކާޑު ބޭނުންކޮށްގެން ވޯޓު ލެވޭނެ ކަމަށް ޑީއެންއާރުން ބުނެފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބު އޮތީ އޭޕްރީލް 10 ވަނަ ދުވަހު އެވެ. 

ކޮވިޑްގެ ކަންކަން ހުރި ގޮތުން އައިޑީކާޑު އާކޮށްދިނުމުގެ ކަންކަން ވެސް ކުރަމުން ގެންދަނީ އޮންލައިންކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް