ads
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން--
ދައުލަތުގެ އިސްވެރިން ވެކްސިން ޖައްސަވާ، ރަށްޔިތުންނަށް ޔަގީންކަން ދީފި
މިއަދު ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ވަނީ ވެކްސިން ޖައްސަވާ އެ ވެކްސިންގެ ސައްހަކަމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.
Advertisement

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ބޭއްވި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ ޑރ. ޝިރާނީ ޢަބްދުއްރަހީމް އެވެ. އޭނާ އަކީ އައިޖީއެމްއެޗްގެ އިތުރުން އެންމެ ގިނަ ދުވަހު ހުޅުމާލެ ފެސިލޓީ އާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ދެވަނައަށް ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމަށްވާ އާރް އެން ކާރްތިކޭން ވެކްސިން ޖަހާފައިވާއިރު ތިންވަނައަށް ހަކުރު ބައްޔަށް ބޭސްފަރުވާ ކުރަމުންދާ ބޭފުޅެއް ކަމަށްވާ އިބްރާހީމް ނަސީރު ވަނީ ވެކްސިން ޖަހާފައެވެ.

އޭގެ ފަހުން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.

your imageރައިސް ވެކްސިން ޖައްސަވަނީ--

އެއަށްފަހު މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދާ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހެލްތް މިނިސްޓަރު އަހްމަދު ނަސީމްގެ އިތުރުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ހަމައެއާއެކު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި މުހައްމަދު އުމަރު މަނިކު ވެސް ވަނީ މިއަދު ވެކްސިން ޖައްސަވާފައެވެ.

އެ ބޭފުޅުން ވެކްސިން ޖެއްސެވުމަށްފަހު "އޮބްޒަވޭޝަން" އަށް ވަޑައިގެން، 15 ވަރަކަށް މިނެޓް ވަނީ އެތަނުގައި މަޑުކޮށްލައްވާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދައުލަތުގެ އިސްވެރިން ޖަހާފައިވާއިރު އިންޑިއާގައި ވެސް އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރޭގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވައެވެ.

your imageވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން--

ދައުލަތުގެ އިސްވެރިން މިއަދު ވެކްސިން ޖަހާފައިވައި ވާއިރު ރައްޔިތުންނަށް އެ ވެކްސިންގެ ސައްހަކަމާ މެދު ޔަގީންކަން އިތުރުވެގެންދާނެއެވެ. އަދި މިހާރު ވެކްސިނާ މެދު ދެކެވެމުންދާ ވާހަކަތަކަށް ވެސް ޖަވާބެއް ލިބިގެންދާނެއެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް