ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
ފުރަތަމަ މަހުން ޓޫރިޒަމް ސިނާއަތަށް އާ އުންމީދެއް!
މިއަހަރުގެ ފުރަތަމަ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުން ޓޫރިޒަމް ސިނާއަތަށް އާ އުންމީދެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާނަތަށް ޖުމްލަ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 92,103 ގަ އެވެ. އަދި ފާއިތުވި 31 ދުވަހަށް ބަލާއިރު އާންމުކޮށް ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅުނީ 2000 އިން މަތީގަ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ނާންނަނީ އެންމެ ދެ ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 13 ވަނަ ދުވަހާއި 20 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 31 ވަނަ ދުވަހު އެވެ. އެ ދުވަހު 4218 މީހުން ރާއްޖެ އައިސްފައި ވެއެވެ.  

އޭގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް އަދިވެސް އޮތީ ރަޝިއާ އެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 20,973 ގައި އުޅޭއިރު ދެވަނައިގައި އޮތް އިންޑިއާއިން ވަނީ 19,135 މީހުން އައިސްފަ އެވެ. އަދި ތިންވަނައިގައި އޮތް ޔޫކްރެއިނުން އައި ފަތުރުވެރިންގެ އަދަދު އުޅެނީ 7,210 އެވެ.

މިއަހަރުގެ މިހާތަނަށް 614 ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 43,320 އެނދުވެ އެވެ.

މިއަހަރުގެ ފުރަތަަމަ މަހުގެ އަދަދުތައް ލައްކައަކާ ގާތުގައި އުޅޭއިރު މިއަހަރު ޓޫރިޒަމް މިނިސްޓަރީންއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގެ އުންމީދު ވަނީ އާވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް