ads
ހަނިފަރު ސަރަހައްދު
ތިމާވެށީގެ ބޮޑު ކުށެއް، އެންމެ 6000 ރުފިޔާގެ ޖޫރިމަނާއެއް!
ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އެ އަތޮޅު ހަނފަރު ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަތް ޔޮޓެއް ވަދެ ހަނިފަށް އަރައި އެ ސަރަހައްދުގައި ވިންޑް ސާފް ކުރުމުން އެންމެ 6،000 (ހަ ހާސް) ރުުފިޔާގެ ޖޫރިމަނާ އެއް ކޮށްފިއެވެ.

އީޕީއޭ އިން ބުނާ ގޮތުގައި މިދިޔަ މަހު ހަތަރު ވަނަ ދުވަހު ޔޮޓެއް ހަނފަރު ސަހަރައްދަށް ވަނީ ވަދެފައެވެ. އެ ސަރަހައްދަށް ވަދެފައި ވަނީ "ވިޓާލިއާ 2 ލަންޑަން" ކިޔާ ޔޮޓެއް ކަމަށް ވެސް އީޕީއޭ އިން މައުލޫމާތުދެއެވެ. އެ ޔޮޓްގެ ޝިޕިން އެޖޭންތަކީ އޭޝިއާ ޕެސްފިކް ސްޕަ ޔޮޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.

އީޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ޔޮޓް ހަނިފަރަށް ވަނުމުގެ އިތުރުން އޭގައި ތިބި މީހުން އެ ސަރަހައްދަށް ފައިބާ ކައިޓް ސާޕްކޮށް ހަނިފަރަށް އަރައި އެހެން ހަރަކާތްތަކެއް ވެސް ވަނީ ހިންގާފައެވެ. އަދި ހަނިފަރު ރައްކާތެރިކަމުގެ ގަވައިދާ އެ ފަރާތް ހިލާފުވެފައި ވާތީ އެ ޔޮޓްގެ ޝިޕިން އެޖޭންޓް 6000 ރުފިޔާ އަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އެ ޝިޕިން އެޖޭންޓަށް އީޕީއޭއިން ވަނީ އަންގާފައެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް