ads
ޕްރީ ސްކޫލް
ޕްރީ ސްކޫލަށް ކިޔަވާ ދިނުން ހުއްޓާލަނީ
ޕްރީ ސްކޫލްތަކާއި، ނާރސަރީތަކާއި، ޑޭކެއާ ހިދުމަތްދޭތަންތަން ބަންދުކުރުރަން ނިންމައިފި އެވެ.

މިއަދު އެޗްއޯސީގެ ޕްރެސްގައި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ގިނަ ވުމާ ގުޅިގެން އެޅި ފިޔަވަޅު ތަކު ތެރޭގައި ޕްރީ ސްކޫލްތަކާއި، ނާރސަރީތަކާއި، ޑޭކެއާ ހިދުމަތްދޭތަންތަން ބަންދުކުރުރަން ވަނީ ނިންމާފައެވެ.

އަދި ޔުނިވަރސިޓީ އަދި ކޮލެޖްފަދަ ތަންތަނުގައި ކުރިޔަށް އޮތް 2 ހަފްތާގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް ޕްރެކްޓިކަލް ސެޝަންތައް ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ފިޔަވަޅުތަކާއި އެކުގައި އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔުމުގެ ހުއްދަ ވަނީ ދީފައެވެ.

މީގެ އިތުރުން ކާފިއުގެ ވަގުތު ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓަރް މާލެ އޭރިއާގައި ކާފިއު ކުރިޔަށް އޮތް 2 ހަފްތާއަށް ވަނީ އިތުރު ކޮށްފައެވެ.

އަދި ރޭނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓަރް މާލެ ސަރަހައްދުގައި އެއްގަމު އެޗް.އީ.އޯ.ސީ، މޯލްޑިވްސް ޕޮލިސް އުޅަނދު ފަހަރު ދުއްވުން ކުރިޔަށް އޮތް 2 ހަފްތާއަށް މަނާކޮށްފައިވާ ކަމަށް ވެސް ޕްރެސްގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ސްކޫލުތަށް އެއްއަހަރު ދުވަހު މުއްދަތަކަށް މެދުކަނޑާލުމަށް ފަހު ޕްރީ ސްކޫލުން ފެށިގެން ކިޔެވުން ފަށާފައި ވަނީ މިއަހަރު ޖެނުވަރީ މަހުގެ 10 އެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް