ބުރުނީ ކައުންސިލް މެމްބަރު އުސްމާން އަރީފް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޯދަ މަހަށް ތައްޔާރު ވުމަށް ބުރުނީ ދަނޑުވެރިން ދުރާލާ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން އެރަށުގައި ފެންބޮޑުވި ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވި ކަމަށް އަރީފް ވިދާޅުވިއެވެ. އެގޮތުން 10 ވަރަކަށް ދަނޑުވެރިންގެ ދަނޑުގައި ފެންބިޑުވެފައިވާ ކަމަށް އަރީފް ވިދާޅުވިއެވެ.
އެގޮތުން ފެންބޮޑު ވުމުގެ ސަބަބުން ކަރާ ދަނޑުތައް ހަލާކުވެފައިވާކަމަށާއި، މިރުސް ކޮށިތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އަރީފް ވިދާޅުވިއެވެ. އަދި އަލުން އެތަކެތި ހައްދަން ޖެހޭނެ ކަމަށް އަރީފް ފާހަގަ ކުރެއްވި އެވެ.