ads
ފޮޓޯ--ވިޒިޓް މޯލްޑިވްސް
އިންޑިއާގައި ދިވެހިރާއްޖެއާ ގުޅޭ ހަނީމޫން ޕްރޮމޯޝަނެއް ފަށައިފި
ވިޒިޓް މޯލްޑިވްސްއިން އިންޑިއާގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ ކަމަށްވާ މޭކް މައި ޓްރިޕް އާއެކު އިންޑިއާގައި ހަނީމޫންއަށް ރާއްޖެ ފްރޮމޯޓް ކުރުމުގެ ކެންޕެއިނެއް ފަށައިފިއެވެ.
Advertisement

ވިޒިޓް މޯލްޑިވްސްއިން އިންޑިއާގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ ކަމަށްވާ މޭކް މައި ޓްރިޕް އާއެކު ޕޮއިންޓް މާކެޓިން ކެންޕެއިން ފަށައިފާއިރު އެ ކެމްޕެއިނަކީ ތިންމަސްދުވަހަށް އިންޑިއާ މާކެޓަށް ހާއްސަކުރެވިގެން ކުރިޔަށްގެންދާ ކެމްޕެއިންނެކެވެ.

އެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ތަފާތު ޑިސްކައުންޓް ތަކާއި ޕްރޮމޯޝަނަލް އޮފާސްތަކުގެ އިތުރުން މޭކް މައި ޓްރިޕްގައި ޑިޖިޓަލް އިޝްތިހާރުތައް ދައްކާލެވިގެންދާނެއެވެ. 

މީގެއިތުރުން ފަތުރުވެރިން ދިވެހިރާއްޖެ އައުމަށް ޝައުގުވެރިކަން އުފައްދައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވުމަކީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އަދި ހިތްގައިމު ދަތުރަށް ވެގެންދާނެކަން ވެސް އަންގައިދެވިގެން ދާނެއެވެ. 

ޒަމާނީ ފެންވަރަށް އާ ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޭކް މައި ޓްރިޕް އަކީ އާމަންޒިލްތައް ހޯދައި ޗުއްޓީ ދަތުރު ޕްލޭންކު ރުމަށް އިންޑިއާގައި ބޭނުންކުރަމުން އަންނަ އެންމެ ބޮޑު ޕްލެޓްފޯމްއަށް ވާއިރު 42 މިލިއަނަށްވުރެން ގިނަ ކަސްޓަމަރުން ހިދުމަށް ހޯދާ އެ ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ހޮޓެލްސް އަދި އެއާލައިންސް ޓިކެޓް ބުކްކުރުން ފަދަ ހިދުމަތް ލިބިގެންދެއެވެ. 

އަދި ޒަމާނާ އެއްގޮތަށް ގެންނަ ތަފާތު ބަދަލުތަކުގެ ސަބަބުން މޭކް މައި ޓްރިޕް ވެފައިވަނީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ މާކެޓް ގެ އެންމެ ކުރީގައި ހިމެނޭ ޕްލެޓްފޯމަށެވެ.

ވިޒިޓް މޯލްޑިވްސް އާއެކު ފެށި މި ކެމްޕެއިނާ ގުޅިގެން މޭކް މައި ޓްރިޕްގެ ޗީފް މާކެޓިން އޮފިސަރު ސުނިލް ސުރޭޝް ވަނީ ދިވެހިރާއްޖެ އަކީ އަބަދުވެސް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށް ބުނެފައެވެ. އަދި ކޮވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެ އިތުރަށް މަގުބޫލުވެ އިންޑިއާ ފަތުރުވެރިން އެންމެ ޒިޔާރަތްކުރަން ބޭނުންވާ އެއް މަންޒިލަކީ ރާއްޖެ ކަމަށް ވެސް ބުނެފައެވެ.

"މި ޖޮއިންޓް މާކެޓިން ކެމްޕެއިން ވިޒިޓް މޯލްޑިވްސް އާއި އެކު ފެށުނީތީ އުފާކުރަން. މި ކެމްޕެއިން މެދުވެރިކޮށް އިންޑިއާއިން ރާއްޖެ ޒިޔާރަތް ކުރަންބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ދައްކުވައިދީ އިޝްތިހާރު ކުރެވޭނެ. އަދި އިންޑިއާ މާކެޓުން ލިބެމުން އަންނަ ކުރިއެރުން ދެމެހެއްޓޭނެ." ސުރޭޝް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ނިމުނުއިރު އިންޑިއާ ވެފައި ވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށްފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު އިންޑިއާ މާކެޓުން ލިބެމުން އަންނަ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން އަންނަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް އިންޑިއާގެ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދަމުންނެވެ.

ކޮވިޑް-19 ގެ ކުރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުންދިޔަ ފަތުރުވެރިންގެ އަދަދާއި އެއްވަރަށް ފަތުރުވެރިން ރާއްޖެ ގެނައުމުގެ މަގްސަދުގައި ފެމެލިއަރައިޒޭޝަން ޓްރިޕްތަކާއި އިންޑިއާގެ ހަނީމޫން ސެގްމެންޓަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ކެމްޕެއިންތަކުގެ އިތުރުން އިންޑިއާގައި ބޭއްވޭ ޓްރެވަލް ޓްރޭޑް ފެއާ ތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ ރާވާފައި ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް