ads
އިސްލާމިކް މިނިސްޓަރާ ހޯމް މިނިސްޓަރު
އިންތިހާބު ބާތިލު ކުރަން ކޯޓަކަށް ހުޅައެއްނާޅާ: އަދާލަތު
ހޮނިހިރު ދުވަހު އަދާލަތު ޕާޓީން ބޭއްވި އިންތިހާބު ބާތިލު ކުރަން ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިފަދައިން ޓުވީޓެއް ކޮށްފައިވަނީ އަދާލަތު ޕާޓީގެ ރައީސް އަކު އައްޔަން ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ބާތިލި ކުރަން ކޯޓަށް ދާ ކަމަށް ނޫހަކުން ލިޔުނު ލިޔުމަކަށް ރައްދު ދެމުންނެވެ.

އެގޮތުން މި ހަބަރަކީ ދޮގު ހަބަރެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މިފަދަ ރިޕޯޓެއް، އެ ޕާޓީގެ ބަހެއްނެތި ލިޔުމަކީ ޕްރޮފެޝަނަލް ނޫސްވެރިކަމެއް ނޫން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެ ޕާޓީގެ ބައެއްނެތި ރިޕޯޓް ކުރުމަކީ އެޕާޓީން ހިތާމަ ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. 

ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު ޝޭހް އިމްރާން އެވެ. އެގޮތުން މި އިންތިހާބު މިނިސްޓަރު އިމްރާން ކާމިޔާބު ކުރެއްވީ 921 ވޯޓާއެކު އެވެ. މި އިންތިހާބުގައި މިނިސްޓަރު ޒާހިރުއަށް ލިބި ވަޑައިގަތީ 167 ވޯޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް