ads
ކޮވިޑް ވައިރަސް
ޔޫކޭއިން ފެނުނު ކޮވިޑް ވޭރިއަންޓު އިތުރަށް ބާރުގަދަ ވެއްޖެ
ޔޫކޭއިން ފެނުނު ކޮވިޑް ވޭރިއަންޓު މިހާރު ވަނީ މިއުޓޭޓް ވެފައި ކަމަށާއި އޭގެ ބާރު އިތުރަށް ގަދަ ވެއްޖެކަމަށް ފަބްލިކް ހެލްތް އިންގްލެންއިން ބުނެފިއެވެ.
Advertisement

ފަބްލިކް ހެލްތް އިންގްލެންޑްއިން މައުލޫމާތުދޭ ގޮތުގައި ޔޫކޭގެ ބައެއް ސަރަހައްދުތަކުން ވަނީ މިޔުޓޭޓް ވެފައިވާ ވޭރިއަންޓު ފެނިފަ ކަމަށެވެ. އަދި ޓެސްޓުތަކުން ދައްކާ ގޮތުގައި ސައުތް އެފްރިކާގެ ވޭރިއެންޓްގެ މިޔުޓޭޝަން ވަނީ ޔޫކޭގެ ކޮވިޑް ވޭރިއަންޑުން ފެނިފައި ކަމަށް ވެސް އެ މުވައްސަސާއިން ބުނެއެވެ.

މި ބަދަލުގެ ސަބަބުން މިހާރު އުފައްދާފައިވާ ވެކްސިންގެ އަސަރު ކުޑަވާނެ ކަމަށާއި ނަމަވެސް ވެކްސިން ބައްޔާދެކޮޅައް މަސައްކަތް ކުރާނެ ކަމަށް ވެސް ތަޖުރިބާކާރުން މައުލޫމާތު ދެއެވެ.

މިއުޓޭޓް ކޮވިޑް ވޭރިއަންޓު މިހާރު ވަނީ ބްރިސްޓޮލްގެ 11 މީހުންނާއި ލިވަޕޫލްގެ 32 މީހަކަށް ޖެހިފަ ކަމަށް ވެސް ފަބްލިކް ހެލްތް އިންގްލެންޑްއިން ވަނީ ބުނެފައެވެ.

މިއުޓޭޓް ކޮވިޑް ވޭރިއަންޓު ފެނުމާ ގުޅިގެން މިހާރު ދަނީ ލަންޑަންގެ އެކި ހިސާބުތަކުގައި ޓެސްޓުތައް ކުރަމުންނެވެ.

ޔޫކޭއިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓު މިހާރު މިއުޓޭޓްވެފައިވާއިރު ރާއްޖޭގައި ޔޫކޭ ވޭރިއަންޓު ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށް އިއްޔެ އެޗްއީއޯސީއިން ބޭއްވި ޕްރެސްގައި ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް