ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ މާޗު 12 ވަނަ ދުވަހު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލަން ނިންމީ ކޮވިޑްގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ.
އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ މިއަދުގެ ނިޔަލަށެވެ.
މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 1833 އެވެ.
މިހާތަނަށް 16،155 މީހަކު ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ނެގީ 417،313 ސާމްޕަލެވެ.
މި ބަލިން 14،263 މީހަކު ފަސޭހަ ވެފައި ވާއިރު، 52 މީހަކު ވަނީ މަރުވެފަ އެވެ.