ads
ކޮވިޑްގަ މަރުވި މީހަކު ވަޅުލުމުގެ ތެރެއިން- ފޮޓޯ: އަވަސް
ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 53 އަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފުލޯގެ އައިސީޔޫގައި މިބައްޔަށް ފަރުވާދެމުން ދިޔަ މީހަކު މިއަދު މެންދުރުފަހު 03:42 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 53 ވަނަ މީހާ އެވެ. އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މަރުވެފައި ވަނީ 70 އަހަރުގެ މީހެކެވެ.

ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ޅުމާލެ މެޑިކަލް ފެސިލީޓީގައި މިބައްޔަށް ފަރުވާދެމުން ދިޔަ 88 އަހަރުގެ މީހެކެވެ. އަދި އޭގެ އިތުރުން މިމަހުގެ 22 ވަނަ ދުވަހާއި 24 ވަނަ ދުވަހުވެސް ވަނީ މީހަކު މި ބަލީގައި މަރުވެފައެވެ. އެހެންކަމުން މިމަސްތެރޭ މަރުވި ހަތަރު ވަނަ މީހާ އެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 16،155 އަށް އަރާފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 14263 މީހެކެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު 1833 ގައި އުޅޭއިރު އޭގެ ތެރެއިން 186 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އުފުލި ސިއްހީ ފަރުވާދޭ ތަންތަނަށް ނުކަތާވަރުވެދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަންތަނަށް ބާރު ބޮޑުވެ ކޮވިޑާ ގުޅުން ނެތް ސިއްހީ ހިދުމަތްދޭ ތަންތަނަށްވެސް އޭގެ ބުރޫ އަރާނެފާނެކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް