ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލްމާ މަރުވެފައިވަނީ ދަރިފުޅު ވިހެއިފަހުން ލޭ މަނާނުވެގެންނެވެ.
ދަރިފުޅުވެސް ވަނީ ސަލާމަތްވެފައެވެ.
އާއިލާގެ ފަރާތުން ސިޒޭރިއަންއަކަށް ދާން އެދުނު ނަމަވެސް، ހޮސްޕިޓަލުން އެގޮތަށް އެއްބަސްނުވީ ސިޒޭރިއަން ހަދަން އުނދަގޫވާނެ ކަމަށް ބުނެ ކަމަށް ވެސް ސީއެންއެމްއަށް މައުލޫމާތު ދިން އާއިލާ މީހަކު ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން އޭޑީކޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސަލްމާ މަރުވިއިރު އޭނާގެ އުމުރަކީ 25 އަހަރެވެ. ސަލްމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ އާސަހަރާ މިސްކިތުގައި މިރޭ 22:00 ގައެވެ.