ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
ފަތުރުވެރިންނަށް ރާއްޖެއިން ވެކްސިންދޭން ވިސްނަން: މިނިސްޓަރު މައުސޫމް
ފަތުރުވެރިންނަށް ރާއްޖެއިން ވެކްސިންދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ފައްޓަވައި ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ސީއެންއެމްއަށް ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ހާއްސަކުރި 10،000 ކޮވިޑް ވެކްސިންގެ ޑޯޒް މިއަދު ފެށިފައި ވާއިރު އެއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް އެޅިގެންދާ ބޮޑު ފިޔަވަޅެއް ކަމަށެވެ.

އަދި ވެކްސިން ދިނުމުގައި ބިދޭސީން އަދި ދޭސީންގެ މެދުގައި އެއްވެސް ތަފާތުކަމެއް ނުގެންގުޅޭނެ ކަމަށާއި ފަތުރުވެރި ކަމުގެ ދާއިރާގެ ހުރިހާ ބޭފުޅުންނަށް ވެކްސިން ޖެހުމުގައި ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

މި ސިނާއަތުގައި އުޅޭ 1000 މީހުންނަށް މިއަދު ވެކްސިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް