ads
ފޮޓޯ--އެމްއެންޑީއެފް
މި ސަރަހައްދުގެ ގައުމުތައް މަސައްކަތް ކުރަންވީ އެއްކޮށް: މާރިޔާ
އިންޑިއާ ސަރަހައްދުގައި ހިމެނޭ ގައުމުތަކުން ވަސީލަތްތައް ހިއްސާކޮށް، އެއް ހަކަތަޔަކާއި އެއް ހިތްވަރެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެ އެވެ.

އިންޑިޔާ ކަނޑު ހިމެނޭ ސަރަހައްްދުގެ ގައުމުތަކަށް ނިސްބަތްވާ ދިފާއީ ވަޒީރުންގެ މެދުގައި ބޭއްވި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރްސް ކޮންކްލޭވް" ގައި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވާހަދައް ކަމުން ވިދާޅުވީ އިންޑިޔާ ކަނޑު ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، އެބަދަލުތަކާ ގުޅިގެން އިންސާނީ އެހީ ދިނުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ކަނޑުމަތީގެ ސަލާމަތަށް ހުރި ނުރައްކާތަކާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، ހަނގުރާމަތަކުގައި ބައިވެރިވުމަށް ގައުމުން ބޭރަށް ދިޔުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރިއާއި، އިންޓަރްނެޓް މެދުވެރިކޮށް ހިންގާ ސައިބަރްކްރައިމްގެ އަމަލުތަކާއި، ވައިގެ މަގުންނާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ޖަރީމާތަކުގެ ވާހަކަ މިނިސްޓަރު ދައްކަވާފައި ވެއެވެ.

އަދި ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ގައުމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަހައްދަކީ 2.7 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަދި ދުނިޔޭގެ ތެލުގެ ޝިޕްމަންޓުތަކުގެ ތިންބައިކުޅަ ދެބަޔާއި ކޮންޓެއިނަރު މަނަވަރުތަކުގެ ދެބައިކުޅަ އެއްބައި ހުރަސްކުރާ ހައްސާސް ސަރަހައްދެއްކަމަށް ވުމުން، މިސަރަހައްދުގައި ހިމެނޭ ގައުމުތަކުން ވަސީލަތްތައް ހިއްސާކޮށް، އެއް ހަކަތަޔަކާއި އެއް ހިތްވަރެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަމަނާއި ސުލްހަޔަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަފްހޫމުކަން ފާހަގަކުރައްވައި، މިނިސްޓަރު މާރިޔާ ވިދާޅުވީ، އަމަނާއި ސުލްހަ ގާއިމްކޮށް، ދެމެހެއްޓުމަކީ، އެކަމަށްޓަކައި، ކޮންމެ ދުވަހަކުވެސް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އަމަނާއި ސުލްހަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫހު އިތުރަށް ވަރުގަދަކޮށްގެން ކަަމަށެވެ.

އަދި ކުރިއާ ހިލާފަށް، ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި، ގައުމުތަކުން އިންޓެލިޖެންސް މައުލޫމާތު ހިއްސާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި ކާރިސާތަކާއި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގައި ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

މިކޮންކްލޭވްގައި ޖުމްލަ 27 ގައުމަކުން ބައިވެރިވެފައިވާއިރު، މިގައުމުތަކުގެ ތެރޭގައި، ރާއްޖެއާއި އިންޑިޔާގެ އިތުުރުން، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ، އޮސްޓްރޭލިޔާ، ސީޝެލްސް، މޮރިޝަސް އަދި އީރާން ހިމެނެއެވެ.

އިންޑިޔާ ސަރުކާރުން ދެއްވި ދައުވަތަކަށް، މިނިސްޓަރު މާރިޔާގެ އަރިހުގައި، ބެންގަލޫރަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސްވަނީ، ދެ ކޮންކްލޭވެއްގައި ބައިވެރިވެވަޑައިގެންފައެވެ. 

މިގޮތުން، ބުދަދުވަހު ބޭއްވި ޗީފް އޮފް އެއަރް ސްޓާފް ކޮންކްލޭވްގަޔާއި، ބުރާސްފަތިދުވަހު އޮތް ޗީފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ސީ.ޑީ.އެފް ޝަމާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗީފް އޮފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ބައިވެރިވެވަޑައިގެން، ސީ.ޑީ.އެފް ޝަމާލްވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަހައްދުގައި ކާރިސާތަކަށް އިޖާބަދިނުމާއި އިންސާނީ އެހީ ދިނުމުގައި، އެއްބާރުލުން ދިނުމާއި މައުލޫމާތު ހިއްސާކުރުމާއި އިންޓަރްއޮޕެރަބިލިޓީ އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް