ads
ވީޑިއޯ ރިޕޯޓް-
ފަތުރުވެރިންނަށް ވެކްސިން މަންޒިލަކަށް ރާއްޖެ!
2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން މުޅި ދިނިޔެއް ފެތުރުނު ކޮވިޑް 19 ވެގެން ދިޔައީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ކާރިސާއަށެވެ. ދުނިޔޭގެ ހުރިހާ ސަހައްދެއްގައި ވަކި ހިއްޕަމުން ދިޔައީ އެތަށް ބަޔަކު މަރަމުންނެވެ. ގައުމުތަކުގެ ހާލަތު ގޯސް ކުރަމުންނެވެ.

ނަމަވެސް ސިއްހީ މާހިރުން ކޮވިޑް ރާއްޖޭގައި ނޫޅޭ ކަމަށް ދިޔައީ އޭރު ބުނަމުންނެވެ. ހުދު ރަށްޔިތުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވެސް ބުނަމުން ގެންދިޔައީ ރާއްޖެއަށް އެ ބަލިމަޑުކަން ނުފޯރާނެ ކަމަށެވެ.

ނަމަވެސް އެކިކަން ކޮޅުތައް ސުންނާފަތި ކުރަމުން ކޮވިޑް އެންމެ ފަހަށް ރާއްޖެ އައި އަޑު ގަދަވެގެން ދިޔައެވެ. ރިސޯޓަކުންނެވެ. މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ވެރިކަންކުރާ މާލޭ ސަހަރައްދުން ވެސް ކޮވިޑް ފެނިގެންގޮސް ރަށްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ހުރިހާ ފަރާތްތަކުން ހާސްވެ ތެޅެފޮޅެން ފެށިއެވެ.

މި އާލަމީ ވަބާއިން ސަލާމަތް ވުމަށް ފަރުވާއެއް ނެތުމުން ސަރުކާރަށް މަޖްބޫރުވީ މުޅި ގައުމު ބަންދު ކުރުމަށެވެ. އެހާ ހިސާބުން އަމިއްލަ ގޭގައި ބަންދުވެގެން ރަށްޔިތުން ތިން މަސްދުވަހު ހޭދަކުރިއެވެ. އޭރު ރާއްޖޭގެ އެތައް ބަޔަކަށް ކޮވިޑް ޖެހި މުޅި މާލޭ ސަރަހައްދު ވެގެން ގޮސްފައި ވަނީ ރށް ޒޯން އަށެވެ. ރާއްޖެއިން ގިނަ ބަޔަކު މަރުގެ ތުންފަތް މައްޗަށް ވެއްޓި ލޯކުރިމަތިން ގެއްލިގެން ދިޔައެވެ.

ކޮވިޑްގެ ބިރުވެރިކަމުގެ އަޑު މުޅިރާއްޖޭގައި ނިމިދިޔަ އަހަރު އޮތީ ގުގުމާލަ ގުގުމާލައެވެ. ރާއްޖޭގެ އެންމެ ފުޅާ ސިނާއަށް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަށް ވެސް އިދިފުށައް ޖެހުނެވެ. ގިނަ ރަށްޔިތުންގެ ވަޒީފާތަށް ވެސް ބީވެގެން ދިޔައެވެ. ހީވެސް ނުކޮށްްހުއްޓާ އެވެ.

އެހެން ނަމަވެސް ހާލަތު ރަނގަޅުވެ ސަރުކާރުން ޖުލައި 15 ގައި ބޯޑަރުތައް ހުޅުވާލިއެވެ. އެއާ އެކު މަޑުމަޑުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެހި ގައުމު އާރަސްތް ވާން ފެށިއެވެ. އެއީ ކޮވިޑާއި ދެކޮޅަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.

ނިމިދިޔަ އަހަރު ކޮވިޑް ގެ ކެސްތައް ދަށްވަމުން ގޮސް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްލުމާއެކު ދެން ފެނިގެން ދިޔައީ ކުއްލިޔަކަށް ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔަ މަންޒަރެވެ. އޭރު ވެކްސިންގެ އަޑުވެސް އޮތީ ގަދަވެފައެވެ.

މިއަހަރު ފެށުނު އިރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ބިރުވެރިވެ ފަށްތަރެއްގައި އޮށްވާ ޖެނުވަރީ މަހުގެ 15 ގައި އިންޑިއާގެ ހެޔޮއެދުންތަކާއެކު ވެކްސިން ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އެ ވެކްސިން ވަނީ މިމަހުގެ އެއް ވަނަ ދުވަހު ފަށަން ފަށާފައެވެ.

ރަށްޔިތުންގެ ތެރޭގައި އިންޑިއާއިން ފޮރުކޮށްދިން ވެކްސިނާ މެދު ޝައްކުހުރުމުން ދައުލަތުގެ އެންމެ އިސް 3 ބާރުން ވަނީ އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ތެރޭގައި ޖަހާފައެވެ.

ވެކްސިން ޖެހިގެން ދިޔަކަމަކު ދެން ފެނިގެން ދިޔައީ 50 ގައި އުޅުނު ކޮވިޑް ކޭސްތައް 200 މައްޗަށް އެއްޗޭ ތެރޭގައި ދިޔަތަނެވެ. އެހާ ހިސާބުން ރާއްޖޭއަކީ ކޮވިޑްގެ ނުރައްކާތެރިކަން އޮތް ގައުމެއްގެ ގޮތުގައި ކަނޑައެޅީ ޔޫކޭ ވޭރިއަންޓް ރާއްޖޭގައި އުޅޭ ކަމަށް ސިއްހީ މާހިރުން ބުނިއެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ގިނަވެ ކޮވިޑް ވެކްސިން ޖެހުމަށް އަވަސް ކުރުމަށް ހުރިހާ ރަށްޔިތުންނަށް ރައީސް އިލްތިމާޒު ކޮށްލިއެވެ.

މިއާއެކު މިހާރު ސިފައިންގެ ގިނަ ބޭފުޅުންތަކެއްގެ ގަޔަށްވެސް ވަނީ ވެކްސިން ޖެހިގައެވެ. އަދި މިއަދު ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންގެ ގަޔަށް ވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

އެގޮތުން އެ ސިނާއަތުގައި މަސައްކަތް ކުރާ ދޭސީ، ބިދޭސީ އެންމެންގެ ގަޔަށް ވެސް ވެކްސިން ޖެހިގެންދާނެ ކަމަށާއި އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގަޔަށް ވެކްސިން ޖެހުމުގެ ވިސްނުމެށް ސަރުކާރުން ގެންގުޅުއްވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ ފެތުރުވެރިންނަށް ވެކްސިން މައްޒިލަކަށް ހަދަން މަޝްވަރާތަށް ދަނީ ކުރެވެމުން ކަމަށާއި ނިންމުމަކާ ހަމަޔަށް އައުމުން މައުލޫމާތު ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއް އަހަރު އެއްކޮށް ރާއްޖެ ކޮވިޑްގެ ބަލީގައި ވޭނާ ކެކުޅުން ތަހައްމަލް ކުރުމަށް ފހު މިއަދު މި ވަނީ އެ ބަލިން ސަމާލަތްވުމަށް މަގެން ފެނިގެން ގޮސްފައެވެ. އެހެން ކަމުން ސިއްހީ ދާއިރާގެ އިންވެރިންނާއި ރައީސްގެ އިތުރުން ގައުމުގެ ވަޒީރުން އެދިލަށްވަނީ ވެކްސިން ވީހާވެސް އަވަހަށް ޖެހުމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް