ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެމީހަކެވެ.
މިކަން އެރަށު ކައުންސިލުން ވަނީ ސީއެންއެމް އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މިކަމާ ގުޅިގެން ހއ. އަތޮޅު ހޮސްޕިޓަލުން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ، ޕޮޒިޓިވްވެފައިވާ ދެމީހުންނަކީވެސް މާލެއިން އެރަށަށް ދިޔަ ދެމީހުން ކަމަށެވެ. އަދި މި ދެމީހުންގެވެސް ކަރަންޓީނު މުއްދަތު އަދި ހަމަ ނުވާ ކަމަށެވެ.
އެގޮތުން މި ދެމީހުންގެ ސާމްޕަލް އިއްޔެ ނަގާފައިވަނީ ކޮވިޑްގެ އަމާލާތްތައް ފެނުމުގެ ސަބަބުން ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
މި ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، އަދި އެ މީހުންގެ ހާލަތު މެޑިކަލް ޓީމުން މޮނިޓަ ކުރަމުން އަންނަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.