ނަމަވެސް އިއްޔެ ރިލީޒްކުރި، ނޯރާ ފެނިގެންދާ އާ ލަވައަކީ ތަފާތު ލަވައެކެވެ. ހިތް ހަލާކުވެފައިވާ އަންހެނެއްގެ ވާހަކަ ދައްކުވައިދޭ "ޗޯޅް ދޭނގޭ" ލަވައިން ނޯރާގެ މޮޅު އެކްޓިންގް ފެނިގެން ދެއެވެ.
ޔޯގޭޝް ޑޫބޭގެ ހިތްގައިމު ލިރިކްސްގެ މައްޗަށް އުފައްދާފައިވާ މި ލަވަ ކިޔާފައިވަނީ ޕަރަމްޕަރާ ޓަންޑަންއެވެ. މިއީ ޓީ-ސީރީސްގެ ލަވައެވެ. މި ލަވައިގެ މިއުޒިކް ޑިރެކްޓަރުންނަކީ ސަޗޭތް-ޕަރަމްޕަރާ އެވެ.
ރާޖިސްތާނުގައި ޝޫޓްކޮށްފައިވާ މި ލަވައަށް މިހާރުވެސް ޔޫޓިއުބްގައި އެއް މިލިއަން ވިއުސް ލިބިފައިވެއެވެ. ގިނަ ބަޔަކު އަންނަނީ މި ލަވައިގައި ނޯރާގެ އެކްޓިންގްއަށް ތައުރީފް ކުރަމުންނެވެ.