ads
އެމްޕީއެލް ސަރަހައްދު---ފޮޓޯ:ސަން
ކާޕެޓް ރޯލެއް ވެއްޓި ދިވެއްސަކަށް ސީރިއަސް އަނިިޔާތަކެއް ވެއްޖެ
އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، މަޖޫރީއެއްގެ ގޮތުގައި އުޅުނު ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭގެ ދަންވަރު 2:30 ހާއިރު ކަމަށާއި، މިހާދިސާގައި އަނިޔާވެފައިވަނީ މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. 

އެގޮތުން އޭނާގެ ދެފައި އިރައިގެންގޮސް މޫނުމަށްޗަށް އަނިޔާވެ އަދި އަނގައިން ލޭ އައިސްފައިވާކަމަށާއި، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

ފުލުހުން ބުނީ މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް