ރައްޔިތުންގެ މަޖިލީސް ރައީސް ކަމުގެ މަގާމުގައިވެސް މީގެ ކުރިން ހުންނެވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިލޯން ވޯކާސް ކޮންގްރެސްގެ މޭޑޭ އެއްވުމުގައި މިއަދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
އެ ހަރަކާތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސިލޯން ވޯކާސް ކޮންގްރެސްގެ ރައީސް ސެންތިލް ތޮަންޑަމޭން އާއި އެ ކޮންގްރެސްގެ ޖެނެރަލް ސެކެރެޓަރީ ޖީވާން ތޮންޑަމޭން ބައިވެރިވެވަޑައިގެންނެވި އެވެ.
އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ހަރަކާތުގައި ލަންކާގެ ރައީސް ރަނިލް ވެެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު 1 ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިއަދު ވަނީ ސަރުކާރުތައް ބަންދުކޮށް "މޭ ޑޭ ނުވަތަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން އެއްވުންތަކާއި ރެލީތައް ބާއްވާފަ އެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ "އެންޝުއަރިން ސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗޭންޖިން ކްލައިމެޓް" ނުވަތަ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" މި ޝިއާރެވެ.