ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހދ. މަކުނުދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު މަތިން ހިނގާފަ ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 14:30 ގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި މަގުމަތިން ހިނގާފައި ދިޔަ މީހާއަށް އަނިޔާވުމާ ގުޅިގެން މަކުނުދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ސައިކަލު ދުއްވާފައި ވަނީ އީ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓް ގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.