ads
އުރްވަޝީ ރައުޓެލާ--
އުރްވަޝީގެ ތަނޑިބައިން އަގުބޮޑު ތިން ކާރު ގަނެވޭނެ!
އުރްވަޝީ ރައުޓެލާއަކީ ބޮލީވުޑްގައި ގިނަ ފިލްމުތަކުން ފެންނަ ބަތަލާ އެކެވެ. އޭނާއަކީ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ނަމަކަށް ނުވި ނަމަވެސް، އުރްވަޝީއަކީ މޮޅު އަދި މުއްސަނދި އެކްޓަރެކެވެ.

ބޮލީވުޑްގެ ގިނަ ތަރިން ފަދައިން އުރުވަޝީއަކީ ވެސް އަގުބޮޑު އެއްޗިއްސައް ލޯބި ކުރާ ފަންނާނެކެވެ. އުރުވަޝީ އަގުބޮޑު އެތައް ގަހަނާތައް އަޅައިގެން އުޅޭ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ހާއްސަކޮށް ޑަޔަމަންޑް އަޅާ ވާހަކައަކީ ވަރަށް ހޫނު ވާހަކަ އެކެވެ.

ދާދި ފަހުން އުރުވަޝީ ސޯޝަލް މީޑީއާގައި އޭނާގެ ނިޔަފަތިތައް ދައްކާލި ވީޑިއޯއަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފައެވެ. އޭނާގެ ނިޔަފަތިތަކުގައި ރީތި ކުލައެއް ޖައްސާފައި ހުރި ނަމަވެސް ހުރިހާ ފަރާތްތަކެއްގެ ލޯ ހުއްޓުނީ އޭނާގެ އަތުގައި އަޅައިގެން ހުރި ތަނޑިބަޔަށެވެ. 

your imageއުރްވަޝީގެ އަތުގައި އަޅައިފައިވާ އުޅާ--

ޖަވާހިރާއި ރަނުން ހަދާފައިވާ އެ އުޅާލިއަކީ ކާޓިއާ އަދި ބުލްގާލީ ބްރޭންޑްގެ އުފެއްދުމެކެވެ. އެ ބްރޭންޑްތަކަކީ އަގުބޮޑު އަދި ގިނަ ހޮލީވުޑް މަޝްހޫރު ތަރިން ބޭނުން ކުރާ ބްރޭންޑްތަކެވެ.

އުރްވަޝީގެ އަތުގައި އަޅާފައި އޮތް އަގުބޮޑު އުޅާލީގެ އަގަކީ އިންޑިއާ ރުޕީސްއިން ނަމަ 70 ލައްކަ ރުޕީސް އެވެ. އެހެންކަމުން އެ އުޅާލި ވިއްކައިލައިގެން މީހަކަށް އޯޑީ، މާސީޑީސް އަދި ޖޮގްއާ ކާރެއް ގަނެވިދާނެއެވެ.

ބޮލީވުޑްގެ ގިނަ ތަރިންނަކީ އަގުބޮޑު ގަހަނާ އަދި ހެދުން ގަތުމަށް މަޝްހޫރު ބައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް