ads
މީރާ އަދި ޝާހިދު--
މީރާ ވިހަން އުޅުމުގެ ތެރޭގައި ޝާހިދުގެ އަތް ބިންދައިގެން ނުދިޔެއީ ކިރިޔާ!
އެކްޓަރު ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތްއަކީ ބޮލީވުޑުގެ ޖޯޑުންގެ ތެރެއިން އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ. އެމީހުންގެ ދެ ދަރިން މީޝާ އާއި ޒައިންއަށް ވެސް ނޫސްތަކުގެ ސަމާލުކަން އެހާމެ ބޮޑަށް އަމާޒުވެ އެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް މީރާ މި ވަނީ ސަޕޯޓަރުންނަށް ނޭނގޭ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން ދެ ކުދިން ވިހެއުމުގެ ތެރޭގައި ވެސް ޝާހިދުގެ އަތް ބިންދައިގެން ނުދިޔެއީ ކިރިޔާ ކަމަށް އޭނާ ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

މީރާގެ ކޮލުގެ ދަތެއް ނެގުމަށް ފަހު ކުރި އެ ޕޯސްޓުގައި އޭނާ ބުނީ ވިހެއުމުގެ ތަދަށް ވުރެ ދަތް ނެގުމުގެ ތަދު މާ ބޮޑުހެން ހީވާ ކަމަށެވެ. އަދި ޝާހިދު "މިސްވާ" ކަމަށާއި މީޝާ އާއި ޒައިން ވިހެއިއިރު ޝާހިދު އަތް ބިންދައިގެން ދާން އުޅުނު ކަމަށް ވެސް ބުންޏެވެ. އަދި ދަތް ނެގިއިރު ޝާހިދު ހުރި ނަމަ މި ފަހަރު ޔަގީނުން ވެސް އަތް ބިނދޭނެ ކަމަށް ބުނެފައި ވެއެވެ.

ޝާހިދު މި ވަގުތު ގޯއާގައި ހުރީ ރާޖް އަދި ޑީކޭ އާއެކު ފެނިގެންދާ ވެބްޝޯގެ މަސައްކަތަށެވެ. އެ ޝޯގައި ރާޝީ ހަންނާ ވެސް އުޅޭނެ އެވެ. މި މަސައްކަތް ފެށުމުގެ ކުރިން ޝާހިދާއި މީރާ ވަނީ ގޯއާގައި ޗުއްޓީއެއް ހޭދަކޮށްފަ އެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް