އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު 11:30 ގައި ބޮލަށް ސީލިންގް ވެއްޓި އަނިޔާވެގެން ކުއްޖަކު ވަނީ ހޮސްޕިޓަލަށް ގެނެސްފައި ކަމަށެވެ.
އަދި ސީލިން ވެއްޓުނީ މަސައްކަތް ހުއްޓާލާފައި އޮތް ރިސޯޓަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ހަދާ ނުނިމި ހުރި ރޫމެއްގެ ތެރޭގައި ސަކަރާތް ޖަހަމުން ދަނިކޮށް ކަމަށް ބުންޏެވެ.
މީގެ އިތުރުން ސާލިމް ވިދާޅުވީ އެ ހާދިސާގައި އަނިޔާވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ފްރަކްޗާތަކުގެ އިތުރުން ބޮލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ސާލިމް ވިދާޅުވި އެވެ.
މިހާރު ބޮލުގެ ސީޓީ ހެއްދުމަށް ފަހު ހާލަތު ސީރިޔަސް ކަމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށް ވެސް ސާލިމް ވިދާޅުވި އެވެ.