ads
މަސީގެ އެގްޒެކްޓިވް ބޯޑު މެންބަރު، މުހައްމަދު ޝާކިރު:--
ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އޮތް ފުރުސަތު ކުޑަ: މަސީ
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ވިޔަފާރިތަކަށް އެކަށީގެންވާ މިންވަރަށް ޕްރޮޖެކްޓުތައް ނުލިބޭކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.
Advertisement
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ވިޔަފާރިތަކަށް އެކަށީގެންވާ މިންވަރަށް ޕްރޮޖެކްޓުތައް ނުލިބޭކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

ސީއެންއެމް ޓީވީގެ، އިތުރުތު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މަސީގެ އެގްޒެކްޓިވް ބޯޑު މެންބަރު، މުހައްމަދު ޝާކިރު ވިދާޅުވީ މިއަހަރު ތެރޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ދަށަށް ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާ ޕްރޮޖެކްޓުތައް ނުލިބުންކަމަށެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ފްރައިޓް އެޖެންޓުންގެ ގޮތުގައި ބޭރު ކުންފުނިތައް ތިބުމަކީ ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ދަށައްދާ ސަބަބުތައް ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"ކޮންސްޓަކްޝަން އިންޑަސްޓްރީއަށް ދިމާވެފައިވާ އެއް މައްސަލައަކީ ލޮޖިސްޓިކް އެންޑް ޓްރާންސް ޕޮޓޭޝަން. މިކަމަށް އޮތް ހައްލަކީ ރާއްޖޭގެ ކާގޯ ކުންފުންޏެއް އޮތުން. އެކަމަށް ސަރުކާރުން ހައްލުތަކެއް ގެނެސް ދެވޭނެ،" ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ މަސީގައި 380 ވަރަކަށް މެންބަރުން ތިބިއިރު އޭގެ ތެރޭގައި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ހައެއްކަ ކުންފުނިކަމަށެވެ.

"ކުދި އަދި މެދު ފަންތީގެ ކުންފިނިތައް ކުރިއަށް ދިއުމަށްޓަކާ ފަހި މާހައުލެއް ނެތް،" ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަށް ގާނޫނެއް އޮތް ނަމަވެސް، އެ ގާނޫނަކީ ވިޔަފާރިއަށް ފަހި ގާނޫނުނެއް ނޫންކަމަށެވެ.

މިހެންކަމުން ގާނޫނީގޮތުން ވެސް ބަދަލުތަކެއް ގެނެސްގެން ނޫނީ ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިއެރުން ނުލިބޭނެކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

ބަޖެޓް ދިރާސާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ، އަންނަނަ އަހަރު ސަރުކާރުން އިއުލާނުކުރާ ޕަބްލިކް ޕްރޮޖެކްޓުތަކާއެކު ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރާނެކަމަށް ބެލެވޭކަމަށެވެ. އަދި ބައެއް މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ހާއްސަ ކުރެވޭނެ މަސައްކަތްތަކަށް ހައްދަވާނެކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް