ޝެހެނާޒް އަދި ސިދާތު ބިގްބޮސްގެ ގޭ ތެރެއިން ދިމާވެ ލޯބީގެ ގޮތުން ގުޅުނެވެ. އަދި ވަރަށް ފާޅުގައި އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ދިޔައީ ބުނަމުންނެވެ.
އެ ދެ ތަރިން ބިގްބޮސް ނިންމާލުމަށް ފަހުގައި ވެސް ވަނީ ލޯބީގެ ގުޅުން ކުރިއަށް ގެންގޮސްފައެވެ. އަދި އެކި އިވެންޓްތަކުން ވެސް ދެމީހުން ވަރަށް ގިނައިން އެކުގައި ފެނެއެވެ.
އެހެންކަމުން އެމީހުން ކައިވެނި ކުރަނީ ކޮން އިރަކުތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެެވެ. އެ ވާހަކަތައް ދައްކަމުން ދަނިކޮށް ސޯޝަލް މީޑިއާގައި ސިދާތް އަދި ޝެހެނާޒް ކައިވެނި ކޮށްގެން އުޅޭ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ.
އެގޮތުން އެ ފޮޓޯގައި ޝެހެނާޒްގެ ބޮލުގައި ސިންދޫރު ހުއްޓެވެ. އަދި އޭނާ ހުރީ މަންގަލް ސޫތުރާއެއް ވެސް އަޅައިގެންނެވެ. އަދި ވަރަށް ލޯބިން ސިދާތުއާ ދިމާލަށް ބަލަހައްޓައިގެން ޝެހެނާޒު ހުއްޓެވެ.
އެ ފޮޓޯ ފެނިފައި ގިނަ ބަޔަކު ވަރަށް އުފާވިއެވެ. އެއީ އެ ދެމީހުންގެ ލޯބީގެ ވާހަކަތައް ނުލާހިކު ރީތިވީމައެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެ ފޮޓޯއަކީ ފޭކް ފޮޓޯއެކެވެ. އެ ދެމީހުން އަދި ކައިވެންޏެއް ނުކުރެ އެވެ.