ads
ޔާމިން ރަޝީދު
ހައްގުތައް ގެއްލޭތީ ޕީޖީ ކޯޓަށް ވަޑައިގެން ވަކާލާތު ކޮށްދޭން އެދެފި
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާހަ ހައްގުތައް ކަށަވަރުކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ޔާމީން ރަޝީދުގެ އާއިލާއިން ޕްރޮސިކިއުޓަރޖެނެރަލްގެ އަރިހުން އެ ބޭފުޅާ ކޯޓަށް ވަޑައިގެން ވަކާލާތުކޮށްދެއްވުމަށް އެދިއްޖެއެވެ.
Advertisement

އާއިލާއިން އެގޮތައް ނިންމޫ ޝަރީއަތުގެ އަޑުއެހުން ދިޔަގޮތް ބެލުމަށްފަހުގައި ކަމަށް އެސޯސިއޭޝަން ޑިމޮކްރައީ މޯލްޑިވްސް އިން ނެރުނު ބަޔާނެއް ބެލުމަށްފަހުއެވެ.

އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޝަރީއަތް މެދުކެނޑިފައި އޮތުމަށްފަހު 7 ފެބްރުވަރީ 2021 ވީ އާދީއްތަ ދުވަހުގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވެއެވެ.

ދިވެހި ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުއެވެ. ބަޔަކުމީހުން ވަނީ ހަމަލާދީ، ބޮޑެތި އަނިޔާތަކެއް އޭނާއަށް ކޮށްފައެވެ. 

އެ އަނިޔާވެރި އަމަލު ހިންގާފައިވަނީ މެންދަމުން އަލިވެ 02:00 ޖަހާކައްހާއިރުގެ ވަގުތެއްގައި ޔާމީން ރަޝީދު ވަޒީފާއަދާކުރަމުންދިޔަ މޯލްޑީވްސް ސްޓޮކް އެކްސްޗޭންޖު ހުންނަ އިމާރާތުން ނުކުމެގެންގޮސް އޭނާގެ އާއިލާއާއިއެކުގައި ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ (މާލެ) އަށް ވަނުމަށްފަހު، އެގޭގެ ސިޑިބަރި ފެށޭހިސާބުގައި ޔާމީން ރަޝީދު ހުއްޓައެވެ. 

އެ ބަޔާނުގައި ބުނެފައިވާ ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ވަނީ 6 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާ، ކްރިމިނަލް ކޯޓުގައި އެމައްސަލައިގެ ޝަރީއަތް ފެށިފައެވެ.

2014 ވަނަ އަހަރުގައި ވަގަށްނަގައި، ގަދަކަމުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގެ ޝަރީއަތުގެ ހުކުމްކުރައްވަމުން، ދައުވާ ސާބިތުކުރުމަށް ދިމާވި އެއް ހުރަހަކީ ދައުލަތުގެ ފަރުވާކުޑަކަން ކަމުގައި ކޯޓުން ފާހަގަކޮށްވާފައިވާކަން ހަނދުމަކޮށް، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގެ ޝަރީއަތުގައި މިހާތަނަށް ދައުލަތުގެފަރާތުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރާތަން ނުފެންނަކަމަށް ވސް ބަޔާނުގައި ބުނެފައިވެއެވެ.

your imageޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް

މިގޮތުން ކުރިއަށް ހުރި ޝަރީއަތުގެ ބައިތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި ވަކާލުކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ. 

"ޤާނޫނުއަސާސީގެ 223 ވަނަ މާދާގެ  ގައި ޕްރޮސިކިޓަރ ޖެނެރަލަށް މަތިކޮށފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން 42 ވަނަ މާއްދާގައި ބަޔާންކުރާ އެންމެހާ ކަންތައްތަކެއް ކަށަވަރުކޮށްދެއްވާ، ޚާއްސަކޮށް އެމާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އާއްމުންގެތެރެއިން ވީހާވެސް ގިނަބަޔަކަށް ޝަރީއަތް އަޑުއިވޭގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށް މައްސަކަތްކޮށްދެއްވުން،" އެދޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ތިން ބާރުން މަސައްކަތްކުރާ ގޮތަކީ މުޅި ދިވެހިރާއްޖޭގައި އިންސާފު ހޯދުމަށް މީހުން ކުރާ މަސައްކަތައް އަސަރުކުރާނޭ ކަމެއްކަމުގައި އެ ޖަމިއްޔާއިން ދެކޭކަމަށް ވެސް ބުނެފައިވެއެވެ. 

މި ބުރަ މަސައްކަތުގައި ޔާމީން ރަޝީދުގެ އާއިލާއަށް އެންމެހާ ފަރާތްތަކުން އެއްބާރުލުންދީ، ރައްޔިތުންގެ އެހީތެރިކަން ދިނުމަށް އިލްތިމާސްކުރަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް