ads
ޒްލަޓާން އިބްރޮހިމަވިޗް
އުމުރުން 39 އަހަރުގެ ޒްލަޓާންގެ 500 ވަނަ ލަނޑު
އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓާން އިބްރޮހޮމަވިޗް، އޭނާގެ ކުލަބު ކެރިއަރުގެ 500 ވަނަ ލަނޑު ޖަހައިފިއެވެ. ކްލަބު ކެރިއަރުގެ 500 ވަނަ ލަނޑު ޒްލަޓާން ޖެހީ އާދިއްތަ ދުވަހުގެ ރޭ އިޓާލިއަން ލީގުގައި ކްރޮޓޯނޭ ކޮޅަށެވެ.

އިޓާލިއަން ލީގުގައި އޭސީ މިލާނާ ކްރޮޓޯނޭ ކުޅުނު މެޗުން މިލާން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ޒްލަޓާން ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ ކްލަބު ކެރިއަރުގެ 500 ވަނަ ލަނޑެވެ. 

ރޭގެ މެޗުގައި ޒްލަޓާން ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ ރޭގެ ދެ ލަނޑާ އެކު ސާދަ އެވެ. 

ގިނަ މެޗުތަކެއް މި ސީޒަންގައި އަނިޔާގެ ސަބަބުންނާއި ކޮވިޑަށް ޕޮޒިޓީވްވުމުގެ ސަބަބުން ޒްލަޓާނަށް ގެއްލިފައިވެއެވެ. ރޭގެ ނަތީޖާއާ އެކު މިލާން އެއްވަނައިގައި އޮތީ އެކާވީސް މެޗުން ސާޅީސް ނުވަ ޕޮއިންޓް ހޯދައިގެންނެވެ.  

ޒްލަޓާންގެ ކްލަބު ކެރިއަރުގައި 500 ލަނޑު ހަމަ ކުރިއިރު އޭނާ ކުރިން ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި މެންޗެސްޓަ ޔުނައިޓެޑްގެ އިތުރުން ޔުވެންޓަސް ހިމެނެއެވެ. އޭނާ ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީއަށް ވެސް ކުޅެފައެވެ. މިއިން ކޮންމެ ޓީމެއްގައި ވެސް އޭނާވެފައި ވަނީ ތަރިއަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް