ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ ބޮޑު ޕްރޮޖެކްޓަކަށް ދިވެހި ފަންނުވެރިއަކު ހޯދަނީ
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓަށް ބޭނުންވާ އާޓްވޯކް ތައްޔާރު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ އެންމެ ބޮޑު އެއް ޕްރޮޖެކްޓަށް ބޭނުންވާ އާޓްވޯކް ތައްޔާރު ކުރަން ޝައުގުވެރިވާ ހުނަރުވެރި ދިވެހި ފަންނުވެރިންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. 

އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓާއި، އެޕްލިކޭޝަން ފޯމް، ޕޯޓްފޯލިއޯ، ގުޅޭ އެހެން ލިޔުންތައް އަދި ފަންނުވެރިޔާގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު [email protected] އަށް ފޮނުވަން ޖެހެނީ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިންނެވެ. 

އެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ގެޒެޓު ކުރި އިއުލާނެއްގައި ވެއެވެ.

މި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް އަދި މަސައްކަތް ކުރަން ޖެހޭ މުއްދަތާއި އިތުރު މައުލޫމާތު ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. މި މަސައްކަތަށް ހޮވޭ ފަންނުވެރިއަކާއެކު ކޮންޓްރެކްޓް އެއްބަސްވުމަކަށް ގޮސް، ވަކި މުއްދަތުތަކެއްގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ އެވެ،

މިއީ ކޮން ޕްރޮޖެކްޓެއް ކަން މިހާތަނަށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެމްޑަބްލިއުއެސްސީން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މި މަސައްކަތަށް ހޮވޭ ފަންނުވެރިއެއްގެ މަސައްކަތް ފެންނާނީ ދިވެހި އުފެއްދުމަކުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް