ads
ވިލިވަރު ކަރަންޓީނު ފެސިލިޓީ---
ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުން ކަރަންޓީނު ކުރާނެ ރިސޯޓް ފެސިލިޓީއެއް ހޯދަނީ
ކޮވިޑް-19 ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިސޯޓު ފެސިލިޓީއެއް ކަނޑައެޅުމަށް، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިސޯޓު ފެސިލިޓީއެއް ކަނޑައެޅުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ރިސޯޓު ފެސިލިޓީގައި އައިސޮލޭޓް އަދި ކަރަންޓީނު ކުރާނީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަތުރުވެރިން އަދި މުވައްޒަފުން ކަމަށް މިނިސްްޓްރީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

މިނިސްޓްރީން ވަނީ ކަރަންޓީނު އަދި އައިސޮލޭޓް ކުރުމަށް ރިސޯޓު ފެސިލިޓީއެއް ހަމަޖައްސާ، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ މީހުން މިމަހު 22 ގެ މެންދުރު ފަހު 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ. އަދި މިމަހުގެ 22 ވާ ހޯމަ ދުވަހު މެންދުރު ފަހު 13:00 ގައި، ޕްރޮޕޯސަލް ހުށަހަޅާ މީހުންގެ ހާޒިރުގައި ޕްރޮޕޯސަލްތައް ހުޅުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ނަންބަރު 3022207 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މީގެ ކުރިން މިނިސްޓްރީން ވަނީ ކޮވިޑް-19 ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީން ކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ތިން ގެސްޓްހައުސެއް ހޯދަން އިއުލާންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް