ޑިޕާޓްމަންޓް އޮފް ޕަބްލިކްއެގްޒެމިނޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން މި ދެ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރަން ފަށާނެ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 13:30 އަށް އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރާނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއް އުޅޭނަމަ، މިމަހު 16 ވާ އަންގާރަ ދުވަހުގެ ކުރިން އެކަން އެ ޑިޕާޓްމަންޓަށް އެންގުމަށް އެދިފައިވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު/ޑިއެމްބަރުގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި އިމްތިހާނުތައް މި އަހަރަށް ފަސް ކުރީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެންނެވެ.