ads
ނައިބު ރައީސް ވެކްސިން ޖައްސަވަނީ..
ނާއިބު ރައީސް ކޮވިޑް ވެކްސިން ޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯސް ޖައްސަވައިފިއެވެ.

ނައިބުރައީސް ފައިސަލް ނަސީމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެމަނިކުފާނު ވެކްސިން ޖައްސަވާ ފޮޓޯއެއް ހިއްސާކުރައްވައި މިކަން ކަށަވަރު ކޮށްދެއްވާފައެވެ. 

އަދި މީގެއިތުރުން އެމަނިކުފާނުވަނީ އެންމެހާ ރައްޔިތުން ގައުމީ ރޫހެއްގައި ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގުރާމުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. 

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. 

ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ވެކްސިންގެ ފުރަމަ ޑޯސް ޖައްސަވާފައެވެ. 

ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 9،752 އަރާފައެވެ. އެއީ އެއީ މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި 7،963 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 1،789 މީހުންނެވެ.  

މާލެ ސަރަހައްދުގައި މިވަގުތު 6 ވެކްސިނޭޝަން ސެންޓަރެއް ގާއިމްކުރެވިފައި ހުރިއިރު އަތޮޅުތެރޭގައި 14 ސެންޓަރެއް އެބަހުއްޓެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް