މި މާރާ މާރީގައި މިރޭ މަރާލާފައިވަނީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާގެ އިތުރުން އިތުރު މީހަކަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި، އެ މީހާވެސް އެޑްމިޓް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ އެކުއްޖާ ގެންދިޔައިރު ވެސް މަރުވެފައިވާކަމަށެވެ.
މި މައްސަލަ މިހާރު ބަލަމުން ގެންދަނީ ފުލުހުންގެ އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު އެ ޑިޕާޓުމަންޓުގެ ޓީމެއް ފުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.