ads
މަޑިފުށީ ސްކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަނީ:-
މަޑިފުށީ ސްކޫލު ބެލެނިވެރިން މުޒާހަރާ ކުރަނީ
ތ. މަޑިފުށީ ސްކޫލުގެ ބެލެނިވެރިން މިއަދު މުޒާހަރާކުރަން ފަށައިފިއެވެ.

ބެލެނިވެރިން މުޒާހަރާ ކުރަމުން އަންނަނީ ޓީޗަރުންނާއި ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެއެވެ. 

އެރަށު މީހަކު ބުނީ ޓީޗަރުން އެރަަށު ސްކޫލުގައި މަސައްކަތް ކުރަމުން އަންނަނީ، ނުހަނު ދަތިކޮށް ކަމަށެވެ. 

އެގޮތަށް ކަންތައްތައް ވަނީ ސްކޫލުގެ ބާ އިމާރާތް ބޭނުންކުރަމުން ގެންދާތީ ކަމަށް ވެސް ބުންޏެވެ. 

އެރަށުގައި ސްކޫލުގެ އާ އިމާރާތެއް ވެސް ވަނީ އަޅާފައެވެ. ނަމަވެސް އެ އިމާރާތް ބޭނުން ކުރާކަށް ނުފަށައެވެ. 

މުޒާހަރާ ކުރުމުގެ ކުރިން އެރަށު ބެލެނިވެރިން ވަނީ ތަފާތު ގޮތްގޮތުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ. 

"ދަރިވަރުންނަށް ކިހިނެއްތޯ ކިޔަވައިދޭނީ ޓީޗަރުން މިހާ ހާލުގައި އުޅެމުން. ކްލާސްތަކުގެ ފެންވަރު ވެސް ދަށް. ރައްކާތެރިކަމެއް ނެތް،" - ބެލެނިވެރިއެއް-

އެ ސްކޫލުގެ އޮފީސް އިމާރާތުގެ ހާލަތު ވަރަށް ބޮޑަށް ދަށްކޮށް އޮތް ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. 

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.  

your imageމަޑިފުށީ ސްކޫލުގެ އޮފީސް: 

33%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް