ads
އުދައްޔު، 17، ގއ. މާމެންދޫ
އުދައްޔު މަރާލުން: އެއްބަނޑު ބޭބެއަށް ވެސް ހަމަލާ ދިން
ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލާފައިވާއިރު، އެ ހަަމަލާގައި ދެން އެ މާރާމާރީގައި ޒަހަމްވެފައިވަނީ މަރުވި ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ހަމަލާގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ. 

އުދައްޔުގެ ބޭބެއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އުދައްޔުގެ ބޭބެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ގެންދިޔަތާ ގަޑީރެއްހާ ފަހުންނެވެ. 

ބޭބެގެ ހާލު ވެސް ސީރިއަސް އެވެ. 

މި ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ އޮގަނައިޒްޑް ކްރައިމް ޔުނިޓުގެ ޓީމެއް އެ ރަށަށް މިއަދު ހެނދުނު ދާނެ ކަމަށެވެ. 

ރޭ މާރާމާރީގައި މަރުވި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވެއެވެ. އަދި  ފަސްވަރަކަށް އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައް ވެސް ހުއްޓެވެ. ފުރަގަހުން ވަޅި ހަރާފައިވަނީ ފުއްޕާމެޔާ ހިތާ ދިމާލުންކަމަށް މައުލޫމާތު ލިބެއެވެ. 

9%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް