ads
ގާޒީ އަހްމަދު ހައިލަމް -- ފޮޓޯ: ރައީސް އޮފީސް
ގާޒީ ހައިލަމްގެ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އިސްވެރިންތަކެއް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރައްވާ ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައިވާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.
Advertisement
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އިސްވެރިންތަކެއް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރައްވާ ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައިވާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ސީއެންއެމްއަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ގާޒީ އަހްމަދު ހައިލަމް ނެރުއްވި ބަޔާނުގައި ސަރުކާރުގެ އިސްވެރިންނާ ގުޅޭގޮތުން ކުރައްވާފައިވާ ތުހުމަތުތައް ދޮގުކުރައްވާ ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖުޑިޝަރީގެ މަސައްކަތްތަކަށް ނުފޫޒެއް ނުފޯރުވާނެ،" ހައިލަމްގެ ތުހުމަތުތައް ދޮގުކުރައްވަމުން ހޫދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާތީ ޖޭއެސްސީން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ގާޒީ ހައިލަމް ސަސްޕެންޑްކޮށްފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހުކުމް އިއްވަން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހައިލަމް އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނިމިގެންދިޔަ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ހަދާފައިވާ މުވައްޒަފުންގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ހިމަނުއްވާފައިވާ ކުރެހުމެއްގެ މައްސަލައެއްގަ އެވެ.

ކުރެހުމުގައި ވަނީ ނޮވެމްބަރު 3 ގެ އިސް ދެ މޭސްތިރިން ކަމަށްވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހްމަދު ނާސިރުގެ ފަހަތުން ޗޭނެއް އަޅުވާފައި ތިބި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމަނާފަ އެވެ. މިކަމާ ގުޅިގެން ހައިލަމް ފަހުން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރި ފަހުން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ހޯދުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މެސެޖުކުރައްވާ، ގުޅުއްވާ ހެއްދެވި ކަމަށެވެ. ސަރުކާރުގެ އިސްވެރިން އެންމެ ބޮޑަށް ގުޅުއްވީ މި މަހުގެ ތިނވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ހައިލަމްގެ ބަޔާނުގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީން އޭނާއާ ދެކޮޅު ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް، އަބުރު ކަތިލަމުން ދަނީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދެއްވުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;