މާމެންދޫގައި ހިނގި މާރާމާރި އާއި ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފިރުޝާން ބަދަލުކުރި އިރު އޭނާ މިހާރު އޮތީ އެޗްޑީޔޫގައެވެ.
އޭނާގެ ފުއްޕާމެޔަށް ވަނީ ލޭ އެޅިފައެވެ.
އެ މާރާމާރީގައި އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލާފައިވާއިރު، އަނިޔާވެގެން ފަރުވާދެމުންދާ ފިރުޝާން އަކީ އުދައްޔުގެ ބޭބެ އެވެ.
މި ހަމަލާގައި އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.
މި ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.