ads
އަބްދުﷲ ޖިހާދު-- ފޮޓޯ: ރައީސް އޮފީސް
ޖިހާދަށް ކުރި ދައުވާއަށް އިންކާރުކޮށްފި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުލަތުން ކޮށްފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

ޖިހާދު މި ދައުވާއަށް އިންކާރު ކުރެއްވީ މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ ޝަރީއަތުގައެވެ.

ދައުލަތުގެ ފަރާތުން މި މައްސަލައިގައި މިއަދު ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެގޮތުން ޝަފަވީ ދެ ހެއްކަކާއި ކިތާބީ ހެކި މިއަދު ޖިހާދާއި ދެކޮޅަށް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ލިޔުމުން ދިފާއީ ހެކި ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޖިހާދަށް ގާޒީ ދެއްވި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ޝަރީއަތާއި ގޮތުން ހުށަހަޅާ ހެކިތައް ހުށަހެޅުމަށް ގާޒީ ވަނީ 14 ދުވަސް ދެއްވާފައި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ޖިހާދުގެ މައްޗަށް ދައުވާ ކުރާ މި މައްސަލައަކީ، ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް