ads
ރައީސް މައުމޫން ކޮވިޑް ވެކްސިން ޖައްސަވަނީ
ރައީސް މައުމޫންގެ ދެކަނބަލުން ވެކްސިން ޖައްސަވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ރައީސް މައުމޫން ވެކްސިން ޖެއްސެވީ މިއަދު ސެނަހިޔާ ހޮސްޕިޓަލުންނެވެ. އެމަނިކުފާނު ވަނީ ވެކްސިން ޖައްސަވަނިކޮށް ނަންގަވާފައިވާ ފޮޓޯފުޅެއް މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ. 

މި ފޮޓޯ ހިއްސާކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ދެކަނބަލުން މިއަދު ވެކްސިން ޖައްސަވާފައިވާ ކަމަށާއި، އެކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރާ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރުދެއްވާފައެވެ. 

ރައީސް މައުމޫން ކޮވިޑް ވެކްސިން ޖެއްސެވިއިރު މިދިޔަ އަހަރުގެ ތެރޭގައި އެމަނިކުފާނަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ހޯއްދެވިއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެމަނިކުފާނު ދޫކޮށްލާފައި ވަނީ 21 ދުވަސް ފަހުންނެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް