ads
ގއ. ކަނޑުހުޅުދޫ
ކަނޑުހުޅުދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ސީއެންއެމްއަށް މައުލޫމާތުދެމުން ވިދާޅުވީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި ފޮޒިޓިވްވެފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އޭނާ ޓެސްޓު ކުރީ ރޯގާގެ އަލާމާތްތައް ހުރުމުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އަދި އެ ކުއްޖާއާއި އެއްގެޔަކު އިތުރު 3 މީހުން ވަނީ ކަރަންޑީނުގައި ކަމަށާއި އެއީ ކުޑަކުއްޖެއްގެ އިތުރުން އަންހެނަކާއި ފިރިހެނެއްކަމަށް ޝަހީމް މައުލޫމާތު ދިނެވެ.

މިއާ އެކު މިހާރު އެރަށުގައި ކޮންޓެކްޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ގއ. ކަނޑުހުޅުދޫއިން މިއަދު ކޮވިޑް 19 ގެ ކޭސްއެއް ފެނިފައިވާއިރު އެ އަތޮޅުގެ ތިނަދޫ ވަނީ އައްޑޫ ކުލަސްޓާއާގުޅިގެން ހަތަރު މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް