ފުލުހުން ބުނީ އެ ހަމަނުޖެހުން ހިނގާފައިވަނީ އިއްޔެ އިރުއޮށްސި 18:10 ހާއިރު ދަނޑުމަތީގައި ކުޅެންއުޅުނު ކުދިބައެއްގެ ދެމެދުގައި ކަމަށެވެ.
އެ ހަމަނުޖެހުމުގައި ސީރިއަސް އަނިޔާތަކެއް ވެގެން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިހާރު ފަރުވާދޭން ފަށާފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށެެވެ.
ފުލުހުން މި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.